ރާއްޖެއިން ބޭރުގައި ވޯޓުލާ ގަޑި އިތުރުކޮށްފި
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާ ގައުމުތަކުގައިވެސް ވޯޓުލާ ގަޑި އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިތުރުކޮށްފިއެވެ. އީސީން ބުނީ މަޖިލިސް އިންތިހާބުގެ ވޯޓުލުން ނިންމާ ގަޑި ކަމަށް ބަޔާންކޮށްފައިވާ ގަޑިއަށް އެއް ގަޑި އިރާއި 30 މިނެޓް އިތުރުކުރުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. ވޯޓުލުން ކުރިޔަށްދާނީ އިންޑިއާ (ޓްރިވެންޑްރަމް)ގައި ހެނދުނު 8:30 އިން އިރުއޮއްސި 6:00 އަށް, ސްރީލަންކާ (ކޮލަމްބޯ)ގައި ހެނދުނު 8:30 އިން އިރުއޮއްސި 6:00 އަށް, މެލޭޝިއާ…