ސިލޯނާއެކު ދިވެހީން ޓެލެތޯނަށް މިހާތަނަށް 5.4 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ
ސްރީލަންކާއަށް އެރި ބާރުގަދަ ތޫފާން "ދިތުވާ" އާ ގުޅިގެން އެ ގައުމަށް އެހީވުމަށް ބާއްވާ "ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް މިހާތަނަށް 5.4 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ. މި ޓެލެތޯންއަށް ހާއްސަކޮށްފައިވާ ދިވެހި ރުފިޔާ އެކައުންޓަށް މިއަދު ފަތިހު 4:00 ޖެހުމާއި ހަމައަށް 5,406,937.25 ރުފިޔާ ވަނީ ލިބިފަ އެވެ. އޭގެ ހިމެނެނީ 4،767،219.89 ރުފިޔާއާއި 41486.21 ޑޮލަރެވެ. ދިވެހި މީޑިއާތަކުން އިއްޔެ ފެށި މި ޓެލެތޯން މިއަދު މެންދުރުފަހު 2:00 އާ ހަމައަށް ކުރިއަށް…





















