އޭޕްރިލް މަހުން ފެށިގެން މެލޭޝިޔާގެ ބޯޑަރު ހުޅުވާލަނީ
އަންނަ އެޕްރީލް މަހުގެ އެކަކުން ފެށިގެން މެލޭޝިއާގެ ބޯޑަރު ހުޅުވާލަން ނިންމަވާފައިވާކަމަށް އެގައުމުގެ ބޮޑުވަޒީރު އިސްމާއީލް ސަބްރީ ވިދާޅުވެއްޖެ އެވެ. އިއްޔެ އެކަން ހާމަކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބޮޑުވަޒީރު އިސްމާއިލް ސަބްރީ ވިދާޅުވީ މި ބަދަލާއެކު އެގައުމަށް އެތެރެވާއިރު ސައްހަ ޓްރެވަލް ޑޮކިއުމެންޓުތައް ބޭނުންވާނެ ކަމަށެވެ. އަދި މެލޭޝިޔާގެ ރައްޔިތުންނަށްވެސް އެއްވެސް ދައްޗަކާ ނުލައި އެހެން ގައުމުތަކަށް ދަތުރުކުރެވޭނެ ކަމަށް ވިދާޅުވިއެވެ. މެލޭޝިއާއަށް އެތެރެވާއިރު ދެ ދުވަސް ކުރިން ނަގާފައިވާ ޕީސީއާރު ޓެސްޓެއްގެ ނެގެޓިވް ނަތީޖާ…