ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާ އަވަހާރަވެއްޖެ އެވެ.
ހާލިދާ ޒިއާގެ ބަންގްލަދޭޝްގެ ނެޝަނަލް ޕާޓީ (ބީއެންޕީ)އިން ނެރުނު ބަޔާނެއްގައި ބުނީ، އުމުރުފުޅުން 80 އަހަރުގެ ހާލިދާ ޒިޔާ، ރޭގެ ފަތިހުގެ ވަގުތެއްގައި އަވަހާރަވެފައިވާ ކަމަށެވެ.
ހާލިދާ ޒިއާގެ ސިއްހީ ހާލުކޮޅު ގޯސްވެ، މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ދަނީ ފުއްޕާމޭގެ އިންފެކްޝަންގެ އަލާމާތްތަކެއް ހުރެގެން ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާދެމުންނެވެ.
ޚާލިދާ ޒިއާ ވަނީ ތިން ފަހަރު ބަންގްލަދޭޝްގެ ބޮޑުވަޒީރުކަން ކުރައްވާފަ އެވެ. އޭނާގެ މައްޗަށް ކޮރަޕްޝަންގެ މައްސަލަ ސާބިތުވެ 2018 ވަނަ އަހަރު ވަނީ ޖަލަށްލާފަ އެވެ. ނަމަވެސް މިދިޔަ އަހަރު އޭނާ ވަނީ މިނިވަންވެފަ އެވެ.
ޚާލިދާ ޒިއާ ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރަކަށް ވެވަޑައިގަތީ 1991ގައެވެ. އަދި ދެވަނަ ފަހަރަށް އެގައުމުގެ ބޮޑުވަޒީރުކަން ކުރެއްވީ 2001އިން 2006އަށެވެ.








