މިވަގުތުވެސް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ތެރެއިން ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަހެރި ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދާ ކަމަށް ކުރީގެ މިނިސްޓަރު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.
މަލީހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ނަޝީދު އެންމެ ހާލުގައި ޖެހުނު ދުވަހު އެމްޑީޕީ އެމަނިކުފާނާއެކު ނެތް ކަމަށާއި ތިއްބެވީ ހަމައެކަނި އާއިލާގެ ބޭފުޅުން ކަމަށެވެ. އަދި މިވަގުތުވެސް ޕާޓީތެރެއިން އެމަނިކުފާނު އެކަހެރި ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް އެބަދާ ކަމަށާއި ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމަށްޓަކައި އެމްޑީޕީގައި ރައީސް ނަޝީދުގެ ދައުރު އޮންނަންޖެހޭ ކަމަށެވެ.
ރައީސް ނަޝީދަށް ދެވުނު ހަމަލާ އަށްފަހު މިވަގުތު ހުންނެވީ ފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރުގައެވެ.
+1
	        	+1
	        	+1
	                                1        
	+1
	        	+1
	        	+1
	        	







