ކޮލަމާ ބޯޓު ފެނިއްޖެ، ކެޕްޓަން ވިލިނގިލީ ހޮސްޕިޓަލަށް ގެންދަނީ
ލ. އަތޮޅުން ގއ. އަތޮޅަށް ދަތުރުކުރަމުން ދިޔަ، އެ އަތޮޅުގެ ކޮލަމާފުއްޓަށް ނިސްބަތްވާ "ކޮލަމާ" ބޯޓުގެ ޚަބަރެއް ނުވެގެން އުޅެނިކޮށް، އެ ބޯޓު ފެނިއްޖެއެވެ. ފުލުހުން ބުނިގޮތުގައި، ބޯޓުގެ ކެޕްޓަން ގއ. ވިލިނގިލީ ހޮސްޕިޓަލަށް ގެންދިއުމަށް ފުލުހުންގެ ލޯންޗެއް މިހާރު ދަތުރުކުރަމުން އަންނަ ކަމަށެވެ. ފުލުހުން އިތުރަށް ބުނީ ކޮލަމާ ބޯޓުގެ ކައްޕިއަށް ފަރުވާ ދިނުމަށްޓަކައި ފުލުހުންގެ ލޯންޗެއްގައި އެ ރަށަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ކޮލަމާ ބޯޓުގެ ކައްޕިއަށް ވީ ކިހިނެއްކަން ފުލުހުން…