އެސްޓީއޯއިން ބާޒާރުމައްޗަށް ހާއްސަ ހޯލްސޭލް ސެންޓަރެއް ހުޅުވައިފި
"އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޯލްސޭލް ސެންޓަރު 2" ގެ ނަމުގައި ބާޒާރު މަތީގައި އާ ފިހާރައެއް ހުޅުވައިފިއެވެ. އަސާސީ ކާބޯތަކެތީގެ ބާވަތްތައް ލިބޭނެ މަގު އިތުރަށް ފުޅާކުރުމަށްޓަކައި އެ ފިހާރަ ހުޅުވީ މިއަދުއެވެ. އެ ފިހާރަ ހުންނަނީ ކުރީގެ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް (މަލޭ ނޯތު ހާބަރު ގޭޓް ސަރަހައްދު) ގައެވެ. އެސްޓީއޯއިން ބުނީ ކެއިންބުއިމަށް ބޭނުންކުރާ އަސާސީ ބާވަތްތައް ހެޔޮ އަގެއްގައި އާންމު ރައްޔިތުންނަށް ލިބެން ހުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން، އަސާސީ ކާބޯތަކެތީގެ…









