އެމްޑީޕީގެ ޗެއާޕާސަން ކަމަށް ރައީސް ނަޝީދު ވާދަކުރައްވަނީ
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާނެކަން ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ރަސްމީކޮށް އިއުލާންކުރައްވައިފިއެވެ. ރައީސް ނަޝީދުގެ މިނިނެމެވުން އިއުލާންކުރެއްވީ މިއަދު ހަވީރު ބޭއްވި "ބޮޑު ބަދަލު" ގެ ނަމުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުންނެވެ. ރައީސް ނަޝީދު ޗެއާޕާސަން ކަމަށް ކުރިމަތިލައްވަން އުޅޭ ކަން އިއުލާން ކުރެއްވި އިރު ވަނީ އެމްޑީޕީން ގެންނަން ބޭނުންވާ ބޮޑު ބަދަލާއެކު ދައުލަތުގެ އެންމެ މަތީ ވެރިޔާގެ މަގާމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ކުރިމަތިލެއްވުމަށް…








