އެޗްޑީސީން ހުޅުމާލޭގައި ސްޕޯޓްސް ޕާކެއް ހުޅުވައިފި
އެކި ކުޅިވަރުތަކަށް ޚާއްސަ ދަނޑުތައް ހިމެނޭހެން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ގާއިމުކުރި 'އެން ވަން ސްޕޯޓްސް ޕާކު' ރޭ ރަސްމީކޮށް ހުޅުވައިފިއެވެ. ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ފިޔަވައްސާ އިންވެގެން އޮންނަ ބިމުގައި ތަރައްގީކުރި މި ޕާކު ހުޅުވައިދެއްވީ، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރާއި ހުޅުމާލެ ކޮމިޔުނިޓީ ރެޕްރެޒެންޓެޓިވް އިބްރާހިމް ނައީމެވެ. އެޗްޑީސީން ބުނި ގޮތުގައި، އެ ސްޕޯޓްސް ޕާކަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ އިޖުތިމާއީ ދުޅަހެޔޮކަމާއި، ކުޅިވަރުކުޅޭނެ ފެސިލިޓީތައް އިތުރުކުރުމަށް…









