މަޝްވަރާގެ މޭޒަށް އައުމަށާއި ނޫން ނަމަ ދެން ދޭ ހަމަލާތައް މާ ވަރުގަދަވާނެ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާ ވެސް އިތުރު އިންޒާރެއް އީރާނަށް ދެއްވައިފިއެވެ.
އިރާނުގެ ނިއުކްލިއަރ ސައިޓް ތަކަށް އެމެރިކާ އިން ބޮން އެޅުމަށް ފަހު،ޓްރަމްޕް ވިދާޅުވީ ކުރިން ދިން ހަމަލާތަކަށްވުރެ ދެން ހަމަލާތައްދޭން މާ ފަސޭހަވާނެކަމަށާއި އީރާނުން މަޝްވަރާއަށް އެއްބަސްނުވާނަމަ ކުރިއަށް އޮތްތާނގައި އެމެރިކާއިން އީރާނަށް ދޭ ހަމަލާތައް މާ ވަރުގަދަވާނެ ކަމަށެވެ.
އީރާނުގެ ތިން ތަނަކަށް ހަމަލާ ތިނުމަށްފަހު ޓްރަމްޕް ގައުމާ މުޚާތަބުކުރައްވާ ދެއްވި ކުރު ބަޔާނެއްގައި ވިދާޅުވި އެވެ. ޓްރަމްޕް ވިދާޅުވީ މި އޮޕަރޭޝަން ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ. އެހެންނަމަވެސް އެއީ އަދި ހަމައެކަނި އިރާނު މަޝްވަރާގެ މޭޒަށް އަންނަ ނަމަ އެވެ.
އެމެރިކާގެ ހަމަލާ އަށް ފަހު އީރާނުން ބުނެފައި ވަނީ ސަރަަހައްދުގައި ހުރި އެމެރިކާގެ ކޮންމެ މީހަކީ އަދި ކޮންމެ އަސްކަރީ މަރުކަޒަކީ ޓާގެޓެއް ކަމަށެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ހޮނިހިރު ދުވަހު, ކުރިން އިންޒާރު ދިނުމެއް ނެތި ކުއްލި ގޮތަކަށް އެމެރިކާ އިން އީރާނަށް ހަމަލާ ދިނީ އިސްރާއީލާ އެމެރިކާ އާ ދެމެދު ބަރާބަރަށް ކޯޑިނޭޓް ކުރެވިގެންނެވެ.