ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ މަސައްކަތް ހަރުދަނާ ކުރުމަށް މަޝްވަރާކޮށްފި
ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ މަސައްކަތް ހަރުދަނާ ކުރުމަށް މަޝްވަރާކޮށްފިއެވެ. މި މަޝަވަރާ ކުރިއަށް ދިޔައީ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ވައިސް ވަހީދު، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއިއެކު ކުރެއްވި މަޝްވަރާގައެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ މައި އިދާރާ، ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ގައި އިއްޔެ ކުރިއަށް ދިޔަ މި ބައްދަވުމުގައި، މަސައްކަތްތައް ކުރިއަށްދާ ގޮތާއި ބެހޭގޮތުން މަޝްވަރާކުރައްވައި، މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކުރުމަށްޓަކައި ދެ…