އެޑެކްސެލްއާއި އެޗް.އެސް.ސީ އިމްތިޙާނުތަކުގައި އަމިއްލަ ގޮތުން ބައިވެރިވުމަށް ހުޅުވާލައިފި
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން މިއަދު އިޢުލާނުކުރި ގޮތުގައި، މިއަހަރު ބާއްވާ އެޑެކްސެލް އޭލެވެލް އަދި އެޗް.އެސް.ސީ އިމްތިޙާނުތަކުގައި ބައިވެރިވުމަށް އެދޭ ދަރިވަރުންނަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި އިމްތިޙާނުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސެޕްޓެންބަރު އަދި އޮކްޓޫބަރު މަހުގައެވެ. ޑިޕާޓްމަންޓުން މަޢުލޫމާތު ދެއްވި ގޮތުގައި، އަމިއްލަގޮތުން މި އިމްތިޙާނުތަކުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުންނަށް އެޕްލިކޭޝަން ފޯމު ދޫކުރުމާއި ފައިސާ ބަލައިގަތުން ކުރިއަށްދާނީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށެވެ.…