ބުރާސްފަތި ދުވަހުން ފެށިގެން އިޒްރޭލުން އިސްވެ އީރާނަށް ދެމުން ގެންދާ ހަމަލާތަކުގައި މަރުވި އީރާނުގެ ނިއުކްލިއަރ ސައިންޓިސްޓުންގެ އަދަދު 14 އަށް އަރައިފި އެވެ.
އިޒްރޭލުން މަރާލި އީރާނުގެ ނިއުކްލިއަރ ސައިންޓިސްޓުންގެ ތެރޭގައި ކާރުބޮމުގެ ހަމަލާގައި މަރުވި ދެމީހުން ވެއެވެ، އަދި އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމުގައި ހިމެނޭ އިސް ފަރާތްތައް ވެސް ހިމެނއެވެ. އޭގެ ތެރޭގައި އީރާނުގެ އެޓޮމިކް އެނަޖީ އޯގަނައިޒޭޝަން (އޭއީއޯއައި)ގެ ކުރީގެ ލީޑަރު ފެރިދޫން އައްބާސީީ އާއި ތެހެރާނުގެ އިސްލާމިކް އާާޒާދު ޔުނިވަސިޓީގެ ރައީސް މުހައްމަދު މެހްދީ ތެހެރާނީ ހިމެނެއެވެ.
އީރާނުގެ ނިއުކްލިއާ ފެސިލިޓީތަކަށް ހަމަލާދިނުމުން ނޭދެވޭ ނަތީޖާތަކާ ތަކެއް ނިކުމެދާނެ ކަމުގެ އިންޒާރު އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ) ގެ އިސްވެރިޔާ ރަފައެލް ގްރޮސީ ވަނީ މީގެ ކުރިން ދީފައެވެ.
ކެނޑިނޭޅި ދެގައުމުން ދޭ ހަމަލާތަކުގެ ތެރެއިން އިޒްރޭލުން ރޭ ވަނީ އީރާންގައި ތެޔޮ ރައްކާކުރާ ބޮޑު ދެ ތަނަކަށް ހަމަލާދީފަ އެވެ. އީރާންގެ އޮއިލް މިނިސްޓްރީން ބުނީ ތެހެރާނުގެ ހުޅަނގު އުތުރުގައި އޮންނަ ޝަހްރާނުގައި ތެޔޮ ރައްކާކުރާ ފެސިލިޓީތަކާއި އެ ސިޓީގެ ދެކުނުގައި ހުރި އެހެން ސްޓޯރޭޖް ސައިޓަކަށް ހަމަލާ އަމާޒުވެފައިވާ ކަމަށެވެ.