އިމްރާން ޚާން ހައްޔަރުކުރުމުން ޕާކިސްތާނުގައި ހަމަނުޖެހުން!

ޕާކިސްތާންގެ ތެހްރީކް-އީ-އިންސާފު (ޕީޓީއައި) ޗެއާމަން އަދި ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ހައްޔަރު ކުރުމުން ޕާކިސްތާނުގައި ހަމަނުޖެހުން އިތުރުވެ އިމާރާތްތަކަށް ގެއްލުންދެމުންގެންދާ ކަމަށް އެގއުމުގެ އަސްކަރިއްޔާއިން ބުނެފި އެވެ. އަސްކަރިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނީ އިމްރާން ހައްޔަރުކުރި ފަހުން ސިފައިންގެ މުދަލަށާއި އިމާރާތްތަކަށް އެކި ފަރާތްތަކުން ގެއްލުން ދެމުންދާ ކަމަށެވެ. އިމްރާން ޚާން ހައްޔަރު ކޮށްފައިވަނީ ކޮރަޕްޝަންގެ ތުހުމަތުގައި މިމަހުގެ 9 ވަނަ ދުވަހު އެވެ. އިމްރާން ޚާން ހައްޔަރުކުރި ފަހުން ރޭވިގެން ސިފައިންގެ އިމާރާތްތަކަށް…

އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ރަސްމީކޮށް ރަސްކަމުގެ ތަޚުތަށް!

އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ފިލްޕް ޖޯޖް (ޗާލްސް 3)އަށް ރަސްމީކޮށް ރަސްކަމަޑް މިއަދު ވަޑައިގެންފި އެވެ. އެންމެ ގިނަ ދުވަހު ރަސްކަން ކުރެއްވި އިނގިރޭސި ވިލާތުގެ ކުރީގެ ރާނީ…

ކަރަންޓް ލިބިއްޖެ! ބަންގްލަދޭޝްގެ 96 މިލިއަން މީހުންނަށް އަސަރުކުރި!

ގްރިޑް ފެއިލްވެ ބަންގްލަދޭޝްގެ އެކިހިސާބުތަކުން ކަރަންޓު ދިއުމުގެ ސަބަބުން އެގައުމުގެ 96 މިލިއަން މީހުންނަށް އަސަރު ކޮށްފި އެވެ. ބަންގްލަދޭޝްގެ ޕަވަރ ގްރިޑް ކޯގެ އެގްޒެކެޓިވް ޑިރެކްޓަރު ޔެއަކޫބް…

ރަޝިއާގެ ނޫސްވެރިޔާ މެރީނާ އޮވްސިއަނިކޯވާ

ގޭބަންދުން ފިލައިގެން ދިޔައީ ޖަވާބު ދޭންޖެހޭ މައްސަލައެއް ނެތުމުން: ރަޝިއާގެ ނޫސްވެރިޔާ

ގޭބަންދުން ފިލައިގެން ދިޔައީ ޖަވާބުދޭން ޖެހޭ މައްސަލައެއް ނެތުމުން ކަމަށާއި އޭނާއަކީ މައުސޫމު މީހެއް ކަމަށް ރަޝިއާގެ ނޫސްވެރިޔާ މެރީނާ އޮވްސިއަނިކޯވާ ބުނެފި އެވެ. މެރީނާ ވަނީ ޔޫކްރޭނުގައި…

އޭޕްރިލް މަހުން ފެށިގެން މެލޭޝިޔާގެ ބޯޑަރު ހުޅުވާލަނީ

އަންނަ އެޕްރީލް މަހުގެ އެކަކުން ފެށިގެން މެލޭޝިއާގެ ބޯޑަރު ހުޅުވާލަން ނިންމަވާފައިވާކަމަށް އެގައުމުގެ ބޮޑުވަޒީރު  އިސްމާއީލް ސަބްރީ ވިދާޅުވެއްޖެ އެވެ. އިއްޔެ އެކަން ހާމަކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި…