މަޝްހޫރު ޑައިރެކްޓަރު ފައްތާހް ނިޔާވެއްޖެ
ރާއްޖޭގެ ކުރީގެ މަޝްހޫރު ޑައިރެކްޓަރު އަބްދުލް ފައްތާހް ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ. އެނގިފައިވާ ގޮތުގައި ފައްތާހު ނިޔާވީ ސްޓްރޯކެއް ޖެހިގެން ފަރުވާދެމުން އަންނަނިކޮށެވެ. ފައްތާހު އަށް ސްޓްރޯކެއް ޖެހިގެން އިމަޖެންސީގައި ފަރުވާއަށް ހއ. ދިއްދު އަށް ގެންދިޔައީ މިރޭ އިރާކޮޅެވެ. އޭނާ ނިޔާވީ ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށެވެ. ފައްތާހް ދިރިއުޅެމުންގެންދަނީ އުފަން ރަށް ހއ. ކެލާގައި އެވެ. އޭނާ ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކެލާ ކައުންސިލްގެ ރައީސް ކަމަށް…




