ހިޔާ ފްލެޓްތަކުގެ ކުލި ދައްކަންޖެހޭ މުއްދަތު އިތުރު 7 އަހަރަށް އިތުރުކޮށްފި!
މި މަހުން ފެށިގެން ހިޔާ ފްލެޓްތަކަށް މަހަކު ދައްކަން ޖެހޭ އަދަދު 6،300ރ. އަށް ހަމަޖައްސައި، އެ ފްލެޓުތަކަށް އަގު ދައްކަން ޖެހޭ މުއްދަތު އިތުރު ހަތް އަހަރަށް ސަރުކާރުން އިތުރު ކޮށްފި އެވެ. ރައީސް އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ، ހިޔާ ފްލެޓްތަކުގެ ކުލި ދައްކައި ނިންމަންޖެހޭ މުއްދަތު އިތުރުކުރަން ސަރުކާރުން ނިންމީ އެ ތަނުގައި ދިރިއުޅޭ މީހުން ކުލި ދެއްކުމުގައި ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން…