އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ފިލްޕް ޖޯޖް (ޗާލްސް 3)އަށް ރަސްމީކޮށް ރަސްކަމަޑް މިއަދު ވަޑައިގެންފި އެވެ.
އެންމެ ގިނަ ދުވަހު ރަސްކަން ކުރެއްވި އިނގިރޭސި ވިލާތުގެ ކުރީގެ ރާނީ އެލިޒަބަތު މިދިޔަ އަހަރު އަވަހާރަވުމުން އެ ކަމަނާގެ ދަރިކަލުން ކިންގް ޗާލްސް އަށް ރަސްމީކޮށް ރަސްކަމުގެ ތަހުތު އެރުވުމުގެ ރަސްމިއްޔާތު މިއަދު ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ރަސްގެފާނު ޗާލްސްގެ އިސްތަށިފުޅުގައި ތުރުކުރެއްވި ތާޖަކީ ސެއިންޓް އެޑްވަޑްސް ކޮރައުން ނަމަކަށް ކިޔާ ތާޖެކެވެ. މިތާޖަކީ ރަނުން ހަދާފައިވާ 2.2 ކިލޯ ހުންނަ ތާޖެކެވެ.
ޗާލްސްގެ އަނބިކަނަބަލުން ކަމީލާ އަށް ވަނީ ރާނީގެ ޝަރަފު ވެސް ރަސްމީ އިއްޒަތުގައި މިއަދު އަރުވައިފަ އެވެ.
ޗާލްސްއަކީ މިހާތަނަށް އިނގިރޭސި ތަހުތުގައި ވެޑުވި އެންމެ ދޮށީ އުމުރުގެ ބޭފުޅާއެވެ. އެމަނިކުފާނުގެ އުމުރުފުޅުން މިހާރު 74 އަހަރެވެ.
އެ ރަސްމިއްޔާތުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް ޓަކައި 11,500 ފުލުހުން ހަރަކާތްތެރިވާ އިރު، ރަސްމިއްޔާތަށް 2،200 އިއްޒަތްތެރިން ވަޑައިގެންނެވި އެވެ.
ރަސްގެފާނު ޗާލްސްއަށް އިނގިރޭސިވިލާތުގެ ރަސްކަން ލިބިވަޑައިގަތީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އަށްވަނަ ދުވަހު އެމަނިކުފާނުގެ މަންމާފުޅު ރާނީ އެލިޒަބަތު އަވަހާރަވުމުންނެވެ. ރާނީ އެލިޒަބަތު އަވަހާރަވިއިރި އުމުރުފުޅުން 96 އަހަރެވެ. ރާނީ އެލިޒަބަތު ރަނިކަމުގައި 71 އަހަރު ހޭދަވި އެވެ.