އަށް ގައުމަކަށް އައްޔަން ކުރަން ނިންމާފައިވާ ސަފީރުންނަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވާފައިވާ މައްސަލަތައް މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު, ސަފީރުކަމަށް އައްޔަންކުރައްވާ ބޭފުޅުންގެ ނަންތައް މަޖިލީހަށް ފޮނުވާފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުގައެވެ. މި ނަންތައް ކޮމިޓީން ފާސްކުރީ މި މަހުގެ 23 ގައެވެ.
މަޖިލީހުން ވަކިވަކިން އެހިން ވޯޓުގައި މިއަދު ފާސްކޮށްފައިވަނީ ސްރީލަންކާއަށް ކަނޑައަޅުއްވާ ސަފީރަކަށް މއ. ތުޅާގިރި، މަސްއޫދު އިމާދާއި މެލޭޝިއާގެ ސަފީރު ކަމަށް މ. ރުށްފުށި ޑރ. މަރިޔަމް ޝަބީނާ އަހުމަދާއި ބެލްޖިއަމް އަދި ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައަޅާ ސަފީރު ކަމަށް މ. ގީލާވިލާ، ގީލާ އަލީ އައްޔަން ކުރުމަށެވެ.
ޔޫއޭއީއަށް އައްޔަން ކުރަން ފާސްކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރު ކަމުގެ އިތުރުން ޖަޕާނުގައި ހުންނަވާ ދިވެހި ސަފީރުކަން ވެސް ކުރައްވާފައިވާ މުހައްމަދު ހުސެއިން ޝަރީފް (މުންދު) އެވެ.
ޖެނީވާގައި ހުންނަވާ ދާއިމީ މަންދޫބަކަށް އައްޔަނުކުރައްވާފައިވަނީ ޑރ. ސަލްމާ ރަޝީދެވެ. އޭނާއަކީ ހުސައިން ޝަރީފް (މުންދު)ގެ ބޮޑުދައިތައައި މާފަންނު މެދު ދާއިރާގެ އިންތިހާބީ މެންބަރު އަސްމާ ރަޝީދުގެ ދައްތައެވެ.
އިނގިރޭސިވިލާތަށް އައްޔަން ކުރަން ފާސްކޮށްފައިވަނީ ކުރީގެ ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމެވެ. އަދި ސިންގަޕޫރު ސަފީރު ކަމަށް ރުހުން ދީފައިވަނީ މުހައްމަދު ލުވެއިޒަށެވެ. އދ. ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބަކަށް އައްޔަން ކުރަން ފާސްކޮށްފައިވަނީ ކުރީގެ ފޮރިން ސެކްރެޓަރީ އަލީ ނަސީރު މުހައްމަދުއެވެ.