ދެ ޖެޓްސްކީއާއި 10 މޮޓޯ ސައިކަލު ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ ތަކެތި ސަޕްލައިކޮށްދޭނެ ބަޔަކު ހޯދަން ޑިފެންސް މިނިސްޓްރީން މިއަދު އިއުލާނުކޮށްފިއެވެ.
ވަކިވަކިން ކޮށްފައިވާ އިއުލާނުތަކެއްގައި ވަނީ، އެކި ބާވަތުގެ ސާމާނުތައް އެ މިނިސްޓްރީއަށް ސަޕްލައިކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ.
އެ މިނިސްޓްރީން ހޯދަނީ:
- ދެ ޖެޓްސްކީ
- ލޭޒާ އެންގްރޭވިން މެޝިނެއް
- އިންޓަރެކްޓިވް ސްމާޓް ބޯޑެއް
- ސައުންޑް ސިސްޓަމެއް
- 10 މޮޓޯ ސައިކަލު
- ޓީވީތަކެއްގެ
- ކަނޑު އުޅަނދުތަކެއްގައި ހަރުކުރުމަށް ބޭނުންވާ ރާޑަރު ސިސްޓަމްތަކަކާއި އެކްސެސަރީސް
- ލައިފްޖެކެޓު
- 25 ލެޕްޓޮޕް
- ޑިޖިޓަލް ޕްރިންޓިން މެޝިން
އެތަކެތީގެ އިތުރުން ވެހިކަލެއް މަރާމާތު ކޮށްދޭނެ މީހަކު ވެސް ބޭނުންވާ ކަމަށް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ވެއެވެ.
އެތަކެތި ސަޕްލައި ކޮށްދޭން ބޭނުންވާ މީހުން އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ކުރިން އަންދާސީ ހިސާބު ހުށަހަޅަން ޖެހެއެވެ. .
މިނިސްޓްރީން ހޯދަން އިއުލާނުކުރި ބައެއް ތަކެތި ސަޕްލައި ކުރުމަށް އަންދާސީ ހިސާބު ހުށަހަޅާއިރު، ބިޑް ސެކިއުރިޓީއެއް ހުށަހަޅަން ޖެހެއެވެ. އެ ބިޑް ސެކިއުރިޓީ ހުށަނާޅާނަމަ އަންދާސީ ހިސާބު ބާތިލުވާނެ ކަމަށް އިއުލާނުގައިވެއެވެ. އެގޮތުން:
- 10 މޮޓޯ ސައިކަލަށް 286 ރުފިޔާގެ ބިޑް ސެކިއުރިޓީއެއް
- 25 ލެޕްޓޮޕަށް 250 ރުފިޔާގެ ބިޑް ސެކިއުރިޓީއެއް
- ރާޑަރު ސިސްޓަމްތަކާއި އެކްސެސަރީސްއަށް 370 ރުފިޔާގެ ބިޑް ސެކިއުރިޓީއެއް
- ލައިފްޖެކެޓަށް 270 ރުފިޔާގެ ބިޑް ސެކިއުރީއެއް