މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 17 އަހަރުގެ ކުއްޖަކު ނިޔާވެއްޖެއެވެ.
ފުލުހުން ބުނީ މިރޭ މާފަންނު ބަސް ޓަރމިނަލް ކައިރިން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކަފިހިހުރަހުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި، އަދި އެ ތަނުން ދަތުރުކުރި ޕިކަޕެއްގައި ޖެހި އެކްސިޑެންޓުވެފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގައި އަނިޔާވި ދެ މީހެއްގެ ހާލު ސީރިއަސް ކަމަށާއި އެ މީހުންނަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި މަގުމަތީގައި ކުޑަ ކުއްޖަކާއި މީހަކު ވެއްޓިފައި އޮތް ތަން ފެންނައިރު، އެމީހުންގެ އެއްވެސް ހަރަކާތެއް ނެތެވެ. އަދި އެ ކުއްޖާ އާއި މީހާގެ ގައިން ގިނަ އަދަދެއްގެ ލޭ ފައިބާފައިވާ މަންޒަރު ވެސް ފެނެއެވެ.
+1
+1
+1
+1
+1
+1