އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ފުލުހުން ބުނީ ހޯދަނީ ޅ. ނައިފަރު ސީނިއާގޭ ޚަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް ކަމަށެވެ.
ފުލުހުން އެ ކުއްޖާ ހޯދަން ފެށީ އާއިލާއަށް ޚަބަރެއް ނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކުރުމާ ގުޅިގެންނެވެ. ފުލުހުން ބުނީ މައިސަރާ ނައިފަރުގައި ދިރިއުޅޭ ގެއިން ނުކުމެގެން ގޮސްފައި ވަނީ މި މަހުގެ 2 ވަނަ ދުވަހުގެ 10:25 އެހާކަންހާ އިރު ކަމަށާއި އޭރު ލައިގެން ހުރީ ވިލު ނޫކުލައިގެ، އަތްކުރު ޓީޝާޓަކާއި ފެހިކުލައިގެ (ސައިޑްޕޮކެޓް ޓްރެކް ބޮޓަމް) ހަރުވާޅެއް ކަމަށް އާއިލާ އިން މައުލޫމާތު ދީފައިވާ ކަމަށެވެ.
އެހެމްވެ އެ ކުއްޖާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ނުވަތަ ފެނިއްޖެ ނަމަ ނައިފަރު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792187 ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅައި ހިއްސާކޮށް ދޭން އެދިފައިވެ އެވެ.