ރާއްޖޭގައި ހިންގާ ކޮރަޕްޝަންތައް ހުއްޓުވުމަށް އުފައްދާފައި އޮންނަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން، ކޮރަޕްޝަން ހުއްޓުވުމަށް ޗައިނާ އާއި އެކު މަޝްވަރާކޮށްފިއެވެ.
އޭސީސީއިން ބުނީ އޭސީސީގެ ވެރިން ޗައިނާގެ ސަފީރު، ކޮންގް ޝިއަންހުއާ އާ ބައްދަލުކޮށް ކޮރޮޕްޝަން ހުއްޓުވުމަށް ޗައިނާއާ ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން ޗައިނާގެ ސަފީރު އެކްސްގައި ވިދާޅުވީ، މި ބައްދަލުވުމުގައި އިތުރަށް މަޝްވަރާކުރީ ކޮރަޕްޝަން ހުއްޓުވުމަށް ދެ ޤައުމުގައި ވެސް ކުރެވެމުންދާ މަސައްކަތްތަކާ ބެހޭގޮތުން ކަމަށެވެ. އަދި ޗައިނާގައި ކޮރަޕްޝަން ހުއްޓުވުމަށް ގެންގުޅޭ ހަރުދަނާ ނިޒާމުތަކުގެ މައުލޫމާތު ހިއްސާކުރެއްވިކަމަށެވެ.
+1
+1
+1
+1
+1
+1