ކުރީ ސަރުކާރުގެ ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް އިދިކޮޅު އެމްޑީޕީން މިއަދު ވަކިވެވަޑައިގެންފިއެވެ.
މަހްލޫފް ވަނީ އިދިކޮޅު އެމްޑީޕީން ވަކިވުމަށް ނިންމަވައި، އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްއަށް ސިޓީއެއް ފޮނުއްވައިފައެވެ.
އެމްޑީޕީން ވަކިވެވަޑައިގަތުމަށް ފޮނުއްވި ސިޓީގައި، 2015 އިން ފެށިގެން އެމްޑީޕީއަށް ޚިދުމަތް ކުރެއްވުމުގެ ފުރުސަތު ލިބުނު ކަމަށް ފާހަގަކުރައްވައި، އެކަމަށް ޝުކުރު އަދާކުރައްވައިފައިވެއެވެ.
އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ރާއްޖެއަށް ގެނެސްދެއްވި ތަރައްގީގެ ބައިވެރިއެއްގެ ގޮތުން ކެބިނެޓްގައި ގިނަ މަސައްކަތްތަކެއް ކުރެއްވުނީތީ އުފާކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.
މަހްލޫފް އެމްޑީޕީއާ ގުޅިވަޑައިގަތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޕީޕީއެމްއާ ޚިޔާލު ތަފާތުވެ، އެ ޕާޓީއާ ވަކިވެވަޑައިގަތުމަށް ފަހުގައެވެ. އޭރު އޭނާ ހުންނެވީ ޕީޕީއެމްގެ ޓިކެޓްގައި މަޖިލިސް މެންބަރެއްގެ ގޮތުގައެވެ. އެމްޑީޕީ ސަރުކާރުގައި މިނިސްޓަރުކަން ކުރެއްވުމަށް ފަހު އެ ޕާޓީން ވަކިވާން ނިންމެވި ސަބަބެއް އަދި ހާމަކުރައްވައިފައެއް ނުވެއެވެ.
+1
+1
+1
+1
+1
+1