ރާއްޖެ އައިއިރު އަނގަ ތެރޭގައި މަސްތުވާތަކެތި ފޮރުވައިގެން އެތެރެ ކުރަން އުޅުނު މައްސަލައެއްގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ފުވައްމުލަކަށް ނިސްބަތްވާ މުހީން އިބްރާހިމް ދީދީ، 34އ. އެވެ.
ފުލުހުން ބުނީ ، މިދިޔަ އާދީއްތަ ދުވަހު ވައިގެ މަގުން ރާއްޖެ އައި މުހީން ހައްޔަރުކޮށްފައިވަނީ ހަށިގަނޑުގައި މަސްތުވާތަކެތި ފޮރުވައިގެން އެތެރެ ކުރަން އުޅުނު މައްސަލައިގައި ކަމަށެވެ.
ފުލުހުން ބުނީ، އޭނާގެ ހަށިގަނޑުން ޓްރެފިކިން މިންގަނޑަށް ފެތޭ ވަރަށް މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ފެނިފައިވާ ކަމަށެވެ.
އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް ފަސް ދުވަސް ވަނީ ޖަހައިފައެވެ.
ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
+1
+1
+1
1
+1
+1
+1