ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަނަކާ ގުޅިގެން މާލޭގެ އެކި ސަރަހައްދުތައް މިރޭ ބަންދުކުރުމަށް ނިންމައިފި އެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި ފުލުހުން ބުނީ އެ މުއައްސަސާ އިން ކުރިއަށްގެންދާ އޮޕަރޭޝަނަކާ ގުޅިގެން މިއަދާއި މިރޭގެ އެކި ވަގުތުތަކުގައި އާންމު ޓްރެފިކަށާއި ހިނގާ މީހުންނަށް މާލޭގެ އެކި ސަރަހައްދުތައް ބަންދުކުރެވޭނެ ކަމަށެވެ.
މިކަމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމަށް އެދޭ ކަމަށާއި އަދި މިކަމުގެ ސަބަބުން ރައްޔިތުންނަށްް ދިމާވެދާނެ އެންމެހައި ދަތިތަކަށް މައާފަށް އެދޭ ކަމަށް ފުލުހުން ބުންޏެވެ.
މިރޭ މާލޭގެ އެކި ސަރަހައްދުތައް ބަންދުކުރަން ފުލުހުން ނިންމާފައިވާއިރު އެމްޑީޕީން ދަނީ މިރޭ 8:30 ގައި ޖަލްސާއެއް ބޭއްވުމަށް ތައްޔާރު ވަމުންނެވެ. އެޖަލްސާގައި ތައްޔާރުވުމަށް އެކި ރައްރަށުން މީހުން ދަނީ މާލެއަށް ޖަމާވަމުންނެވެ.