މުދައްރިސުންނަކީ ޤައުމު ބިނާކުރުމުގެ މޭސްތިރިންކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ އިސްމާއީލް ޝަފީޢު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަހާ ގުޅިގެން މުދައްރިސުންނަށް ތަހުނިޔާ ފޮނުއްވަމުންނެވެ. ވަޒީރު ވަނީ ދުވަހުގެ ތަޙްނިޔާ ހުރިހާ މުދައްރިސުންނަށް ފޮނުއްވާފައެވެ.
ގުޅިގެން މަސައްކަތްކޮށް މުދައްރިސްކަމުގެ ފަންނު އިތުރަށް ކުރިއަރުވައި އުނގަންނައިދިނުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާ ބަޔަކަށް ވާންޖެހޭކަމަށް ވެސް މިނިސްޓަރ ޝަފީޢު ފޮނުއްވެވި ވީޑިއޯ މެސެޖްގައި ވިދާޅުވިއެވެ. މިނިސްޓަރ ވަނީ ދުވަހުގެ ތަޙުނިޔާ ހުރިހާ މުދައްރިސުންނަށް ފޮނުއްވާފައެވެ.
މިނިސްޓަރ ޑރ.އިސްމާޢީލް ޝަފީޢު ފޮނުއްވެވި ވީޑިއޯ މެސެޖްގައި ވިދާޅުވީ މުދައްރިސުންނަކީ ޤައުމު ބިނާކުރުމުގެ މޭސްތިރިންކަމަށެވެ. އަދި އަންނަން އޮތް ޖީލުތަކަށް ހުނަރާއި ރިވެތި ޚުލްގާއި އެންމެހާ ހެޔޮ ސިފަތައް ވާރުތަކޮށްދިނުމަށް އެންމެ ބުރަކޮށް މަސައްކަތްކުރާ ބަޔަކީ މުދައްރިސުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
" އެއްވެސް ޤައުމެއްގައި މުދައްރިސުންނަށްވުރެ އަބުރުވެރި ޝަރަފުވެރި އިއްޒަތްތެރި ބަޔަކު ނުތިބޭނެ. އަޅުގަނޑު ދެކެނީ ހަމަ އެގޮތަށް." ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވިއެވެ.
މިއަހަރުގެ މުދައްރިސުން ދުވަހުގެ ޝިއާރަކަށް "ރީކާސްޓިން ޓީޗިންގ އޭޒް އަ ކޮލަބޮރޭޓިވް ޕްރޮފެޝަން"އެވެ. މި ޝިއާރަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ މުދައްރިސުންނަކީ ގުޅިގެން މަސައްކަތްކޮށް މުދައްރިސުކަމުގެ ފަންނު އިތުރަށް ކުރިއަރުވައި އުނގަންނައިދިނުމަށް މަސައްކަތް ކުރާ ބަޔަކަށް ވާންޖެހޭކަމަށެވެ. އަދި މުދައްރިސުންގެ ގުޅުންތައް ވަރުގަދަކޮށް ހުރިހާ މަސްލަހަތުވެރިންނާއެކު، ޕްރިންސިޕަލުންގެ އެއްބާރުލުމާއެކު މުދައްރިސުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި ބޭނުންވާ ފަންނީ ގާބިލުކަން އިތުރުކޮށްދިނުމާއި ކުރިއެރުމަށް މަސައްކަތްކުރުމަށް ތައްޔާރަށް ތިއްބެވިކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.