މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެސިޔާސީ ޖަލްސާއަށް އަތޮޅުތެރެއިން ގިނަ އަދަދެއްގެ މީހުން މާލެ ޖަމާވާން ފަށައިފި އެވެ.
ރާއްޖޭގެ އުތުރާއި ދެކުނުގެ ރަށްތަކުން ފްލައިޓްތައް ޗާޓާކޮށްގެނާއި ލޯންޗުގައި ގިނަ އަދަދެއްގެ މީހުން ވަނީ ފާއިތުވި ތިން ދުވަހުގެ ތެރޭ މާލެ އައިސްފައެވެ.
އޭގެ ތެރޭގައި އާބާދީ ބޮޑު ބޮޑެތި ސިޓީތައް ހިމެނެއެވެ. އެގޮތުން އައްޑޫ ސިޓީއާ ވަކިން އޮންނަ ހުޅުދޫ އަދި މީދޫން އެކަނި ވެސް މިއަދު 256 މީހުން މާލެ އައިސްފައިވެއެވެ. އޭގެ އިތުރުން ތިނަދޫ ސިޓީން ވެސް 46 މީހުން މާލެ އައިސްފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 8:30ގައި އާޓިފޝަލް ބީޗުގައެވެ.
ޖަލްސާގައި ބައިވެރިވުމަށް މާލެ އަންނަ މީހުންނަށް ޕީއެންސީއިން ދަނީ ހޫނު މަރުހަބާއެއް ކިޔަމުންނެވެ.








