އެމްޑީޕީއަށް އެންމެ ރަނގަޅު ގޮތަކީ ކުރިއަށް އޮތް 2028 ގެ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނު ވެސް ވާދަނުކުރެއްވުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ކުރީގެ ގައުމީ މަޖިލިސް މެންބަރުންނާއި މިހާރުގެ ގައުމީ މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕެއްގައި
ނަޝީދު ވިދާޅުވީ، އެމްޑީޕީއަށާއި ދިވެހި ރާއްޖެއަށް ވެސް ރަނގަޅު ވާނީ ޞާލިޙާއި އެ މަނިކުފާނު ވެސް 2028ގެ ރިޔާސީ އިންތިޚާބުގައި ވާދަނުކުރުން ކަމަށް ތަކުރާރުކޮށް ވިދާޅުވާން ބޭނުންފުޅުވާ ކަމަށެވެ. އޭގެ ބަދަލުގައި އެންމެ ރަނގަޅު ގޮތަކީ ހުރިހާ ބޭފުޅުން އެއް ކެންޑިޑޭޓެއްގެ ފަހަތަށް އެރުން ކަމަށް ނަޝީދު ވިދާޅުވިއެވެ.
މިދިޔަ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެމްޑީޕީއަށް ނާކާމިޔާބުވީ އެ މަނިކުފާނުމެންނާ ނުލައި އެކަން ކާމިޔާބު ކުރެއްވޭނެ ކަމަށް ޞާލިޙަށް ގަބޫލުކުރެއްވުމުން ކަމަށް ވެސް ނަޝީދު މިއަދު ވިދާޅުވިއެވެ.
ނަޝީދު މިހެން ވިދާޅުވެފައިވާއިރު އެމްޑީޕީގެ ޗެއާޕާސަންކަމުން ކުއްލި ގޮތަކަށް ރޭ ފައްޔާޒު އިސްމާއިލް ވަނީ އިސްތިއުފާ ދެއްވާފަ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް އެޑްރެސްކޮށް ފައްޔާޒު ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ، އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ ޕާޓީގެ ކަންކަން ކުރިއަށް ގެންދިއުމުގައި އޭނާއަކީ ހުރަހަކަށް ވިޔަ ނުދިނުމަށްޓަކައި ކަމަށެވެ.








