އަންނަ އަހަރަށް ހުށަހަޅާފައި އޮތް 64 ބިލިއަން ރުފިޔާގެ ބަޖެޓު، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ބަޖެޓު ފާސްކުރުމަށް 74 މެންބަރުން ވޯޓު ދެއްވިއިރު، ފާސްކުރުމާ ދެކޮޅަށް 12 މެންބަރުން ވޯޓު ވަނީ ދެއްވައިފައެވެ. މި ބަޖެޓަކީ ދައުލަތުގެ ތާރީޚުގައި ފާސްކުރި އެންމެ ބޮޑު އަދަދުގެ ބަޖެޓެވެ.
ބަޖެޓުގައި ޚަރަދުގެ ގޮތުގައި 49.2 ބިލިޔަން ރުފިޔާ ހިނގާނެކަމަށް ލަފާކުރެވޭއިރު، އޭގެތެރޭގައި ރިކަރަންޓް ޚަރަދުގެ ގޮތުގައި 39.9 ބިލިޔަން ރުފިޔާ އާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 9.3 ބިލިޔަން ރުފިޔާ ހިމެނެއެވެ. އަންނަ އަހަރު ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 40.4 ބިލިޔަން ރުފިޔާ ލިބޭނެކަމަށް ވަނީ ލަފާކޮށްފައެވެ.
މި ބަޖެޓުގެ ބޮޑު އަދަދެއް، އެއީ 9.3 ބިލިޔަން ރުފިޔާ، ވަނީ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމަށް ޚާއްސަކޮށްފައެވެ.
+1
+1
+1
+1
+1
+1








