ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސް، އިބްރާހީމް މުޙައްމަދު ދީދީ އިއްޔެ ރިޔަޓާކުރައްވައިފި އެވެ.
އެ މަގާމަށް އިބްރާހީމް މުޙައްމަދު ދީދީ އައްޔަނުކުރެއްވީ، ޖަނަވަރީ ދޭއް، 2019ގަ އެވެ.
އޭގެކުރިން އޭނާ ހުންނެވީ ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސްގެ މަގާމުގަ އެވެ.
އިބްރާހީމް މުޙައްމަދު ދީދީ ވަނީ، އެކި މަގާމުތަކުގައި ކަރެކްޝަންސްއަށް 19 އަހަރު ޚިދުމަތްކުރައްވާފައެވެ. އޭނާ ކަރެކްޝަންސްއާ ގުޅިވަޑައިގަތީ، 2006ގައެވެ.
އޭނާ ވަނީ، ޝަރީއާ އެންޑް ލޯގެ ދާއިރާއިން ބެޗެލާ ފެންވަރަށް ތަޢުލީމު ހާސިލްކުރައްވާފައެވެ.
+1
+1
+1
+1
+1
+1








