މި ރަސްމިއްޔާތު މިއަދު ބާއްވާފައިވަނީ އިސްކަންދަރު ބިލްޑިންގގައެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ގެ އެގްޒެކެޓިވް ޑިރެކްޓަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު ޢަބްދުލްރަހްމާން އަދި ބައެއް އެގްޒެކެޓިވް އޮފިސަރުން ގެ އިތުރުން ކޯހުގެ މުދައްރިބުންނާއި ދަރިވަރުން ބައިވެރިވެލެއްވިއެވެ.
މި ކޯސް ކުރިޔަށް ގެންގޮސްފައިވަނީ 1 މަސްދުވަހުގެ މުއްދަތައް ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ އައްޑޫ ސިޓީ ކެމްޕަހުގައެވެ. މިއަހަރުގެ ސެޕްޓެންބަރު 28ގައި ފެށި މި ކޯހުގައި 30 ފުލުހުން ބައިވެރިވެ ކޯސް ފުރިހަމަ ކޮށްފައިވެއެވެ.
މި ކޯހުން އެއްވަނަ ހާސިލްކޮށްފައިވަނީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު އަދުހަމްއެވެ.








