ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު އިބްރާހިމް މޯލްޑިވްސް ޕޯސްޓު ލިމިޓެޑްގެ ޑީއެމްޑީގެ މަގާމަށް އައްޔަން ކޮށްފި އެވެ.
އިއްޔެ އޭނާ ވަނީ އެކުންފުނީގެ ބޯޑު މެމްބަރަކަށް ވެސް އައްޔަން ކޮށްފަ އެވެ.
ވެމްކޯގެ ޑީއެމްޑީގެ މަގާމަށް 2024 ވަނަ އަހަރު އެޕްރީލް މަހުގެ ތެރޭގައި އައްޔަން ކުރި ޝަހީދު ހަމަ އެއަހަރު ޑިސސެމްބަރު މަހުގެ ތެރޭގައި ވަނީ ވަކިކޮށްފަ އެވެ. އޭނާ މަގާމުން ވަކި ކުރި ސަބަބެއް އެ ކުންފުނިންވެސް އަދި ޕްރައިވެޓައިޒޭޝަން ކޯޕަރޭޝަން ބޯޑުން ވެސް މިހާތަނަށް ބުނެފައެއް ނުވެ އެވެ.
ގިނަ ދުވަސްތަކެއް ވަންދެން އެމްއެންޑީއެފްގައި މަސައްކަތްކުރެއްވި ޝަހީދު ވަނީ 2001 އިން 2018 އާ ދެމެދު ސިފައިންގެއަށް 17 އަހަރު ހިދުމަތްކުރައްވާފައެވެ. އޭގެ ފަހުން އޭނާ ވަނީ ޕީއެންސީގެ ސެނެޓުގެ ކައުންސިލް މެން ބަރެއްގެ މަގާމުވެސް އަދާކުރައްވާފައެވެ. އޭނާ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ގެންނަން ވަރަށް ބޮޑަށް މަސައްކަތް ކުރައްވާފަ އެވެ. އެގޮތުން ރިޔާސީ ކެންޕޭނުގެ ދަތުރުތަކުން އޭނާ ވަނީ ފެނިގެން ގޮސްފަ އެވެ.








