މޯލްޑިވްސް ނެޝަނަލް ފްރޮންޓް(ޕީއެންއެފް)އިން މާލޭގެ މޭޔަރު ކަމަށް ޓެންޑަރ ބޯޑުގެ ކުރީގެ ޗެއާމަން އިސްމާއިލް ޒަރިޔަންދު ނެރެން އެޕާޓީން މިރޭ ނިންމައިފި އެވެ.
މިރޭ ޕީއެންއެފުން އާޓިފިޝަލް ބީޗުގައި މިހާރު ކުރިއަށްގެންދާ އެޕާޓީގެ"ރީސެޓް" ޖަލްސާގައި އެކަން ވަނީ އިއުލާން ކޮށްފަ އެވެ.
ގިނަ ދުވަސްތަކެއްވަންދެން އޮޑިޓް ދާއިރާގައި މަސައްކަތް ކުރައްވާފައިވާ ޒަރިޔަންދު ވަނީ ދައުލަތުގެ އެކި އިދާރާތަކުގައި 30 އަހަރަށްވުރެ ދިގު މުއްދަތަކަށް މަސައްކަތް ކުރައްވާފަ އެވެ.
ޕީއެންއެފުން މާލޭމޭޔަރު ކަމަށް ޒަރިޔަންދު ނެރެފައިވާއިރު ވެރިކަން ކުރާ ޕީއެންސީއިން ނެރެން ހަމަޖެހިފައިވަނީ ރިޓަޔާޑް މޫސާ އަލީ ޖަލީލުކަން ވަނީ އެނގިފަ އެވެ.
+1
+1
+1
+1
+1
+1








