ހުޅުމާލޭ ފޭސް 2 ގެ ހުންނަ ހިޔާ ފްލެޓުގެ 8 ވަނަ ޓަވަރުގައި ދެ ބެއިންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާދީ އެކަކު މިއަދު ޒަހަމްކޮށްލައިފި އެވެ.
ޑޮކްޓަރުންނާ ހަވާލާދީ، ފުލުހުން ބުނި ގޮތުގައި ހަމަލާގެ ސަބަބުން އުމުރުން 38 އަހަރުގެ ދިވެހި ފިރިހެން މީހާގެ ފަލަމަސްގަނޑު ފުންކޮށް ކަފައިގެންގޮސް، މައި ނާރު ވަނީ ބުރިވެފަ އެވެ.
ފުލުހުން ބުނީ ހިޔާގެ 8 ވަނަ ޓަވަރުގެ ފްލެޓެއްގައި އަޑުގަދަވެގެން ރިޕޯޓެއް ލިބިގެން، ފުލުހުން އެ ތަނަށް ގޮސް ބެލިއިރު ދެބެއިންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން އެކަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށެވެ.
އަނިޔާ ލިބުނު މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މިމައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.
+1
+1
+1
+1
+1
+1








