ގދ. ފިޔޯރީގެ މަގުތައް ހަދަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފި އެވެ.
މިކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން މި މަހުގެ 25 ގައި ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބެވެ. އާރްޑީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަޙްމަދު ނަޒީމެވެ.
މި މަޝްރޫއު އާރްޑީސީއާ ހަވާލުކުރީ ޖުމްލަ 71,208,238.32ރ. އަށެވެ.
އެ މަޝްރޫއު ނިންމަން އާރުޑީސީ އަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ދިނީ 730 ދުވަހެވެ.
+1
+1
+1
+1
+1
+1








