"ބަލްމާ-6" ބޯޓު ބަންޑުންޖަހާލި ހާދިސާގައި ގެއްލިގެން ހޯދަމުންދިޔަ އެކަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
ފެނިފައިވާ މި ހާދިސާގައި ގެއްލިގެން ހޯދަމުންދިޔަ ދިވެއްސެއްގެ ހަށިގަނޑުކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފް އިން ބުނީ ގެއްލިގެން ހޯދަމުންދިޔަ އެކެއްގެ ހަށިގަނޑު ތާޖް އެގްޒޯޓިކާ ކައިރިން ވަނީ ފެނިފައި ކަމަށެވެ. ހަށިގަނޑު މިހާރު ވަނީ ފުލުހުންނާއި ހަވާލުކޮށްފައި ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. ފެނިފައިވަނީ ގެއްލިގެން ހޯދަމުންދިޔަ ދިވެހި މީހާގެ ހަށިގަނޑު ކަމަށާއި ގެއްލުނު ބަނގުލަދޭޝް މީހާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.
އެބޯޓު ތާޖު އެގްޒޯޓިކާ ރިޒޯޓު ކައިިރިއަށް ބަންޑުން ޖަހާލައިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއާއި ކޯސްޓުގާޑް ޑައިވަރުންގެ ޓީމެއް އެސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.
ނިޔާވި ދިވެހި މީހާގެ ވަނަވަރު އަދި އާންމުކޮށްފައި ނުވެ އެވެ.








