ތިނަދޫގައު ހުންނަ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ހިތުގެ ބަލިތަކަށް ފަރުވާ ދިނުމުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި އެވެ.
ހެލްތު މިނިސްޓްރީން ބުނީ އެތަނުގައި އެ ހިދުމަތް ފެށީ އެކަމަށް ބޭނުންވާ ބޭނުންވާ މިދިޔަ މަހުގެ 27 ގައި ވަޑައިގެން މިދިޔަ މަހުގެ 29 ގައި ކަމަށެވެ.
އެގޮތުން ހިތުގެ ބަލިތަކަށް މި ވަގުތު ދެމުން އަންނަ ޚިދުމަތްތަކުގެ ތެރޭގައި، ހިތުގެ ބަލިތަކަށް ޚާއްޞަ އޯޕީޑީ ފަރުވާ އާއި، ބަލިމީހުން އެޑްމިޓްކޮށްގެން ފަރުވާ ދިނުމުގެ އިތުރުން 'އެކޯ' ހެދުމުގެ ޚިދުމަތް ހިމެނެ އެވެ.
މީގެ އިތުރުން، ހިތުގެ ބަލިތަކާ ގުޅުން ހުރި އިތުރު ޚިދުމަތްތައް ވަރަށް އަވަހަށް ހޮސްޕިޓަލުގައި ތަޢާރަފު ކުރަން ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
+1
+1
+1
+1
+1
+1








