ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ބްރައިޓް މައިންޑްސްގެ ސީއީއޯ ޢަލީ އަފްލާޙް ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ފުލުހުން ތަޙުޤީޤު ކުރަމުންދާ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ފެބުރުވަރީ 11 ވަނަ ދުވަހު 27 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބްރައިޓް މައިންޑްސްގެ ސީއީއޯ ކަމަށްވާ ހުޅުމާލެ، ޚައިރާތު، ޢަލީ އަފްލާޙް އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ރާއްޖެއިން ބޭރުގައި ފިލައިގެން ގިނަ ދުވަސްތަކެއް ވަންދެން އުޅުމަށް ފަހު، އިންޑިއާގެ މުމްބާއީން އނބުރި ރާއްޖެ އައުމުންނެވެ.
އަފްލާޙަށް ތުހުމަތު ކުރަނީ ދަރިވަރަކު ގްރޫމްކޮށް، ޖިންސީ ގޯނާ ކުރި ކަމަށެވެ. އަފްލާޙް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރާ ކުއްޖާ ވަނީ ފުލުހުންނަށް ބަޔާން ދީފައެވެ.








