މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ)ގެ ބޯޑު މެންބަރުކަމުގެ މަގާމަށާއި މެނޭޖިން ޑިރެކްޓަރު މަގާމަށް، ކުރިން ސްޓެލްކޯގެ އެމްޑީއަކަށް ހުންނެވި, ޙުސެއިން ފަހުމީ މިއަދު އައްޔަން ކުރައްވައިފިއެވެ.
މި ސަރުކާރު ސްޓެލްކޯގެ އެމްޑީއަކަށް އެންމެ ފުރަތަމަ އައްޔަންކުރި ފަހުމީ، ފެން ކުންފުނީގެ އެމްޑީއަކަށް އައްޔަންކޮށްފައި ވަނީ އެ ކުންފުނީގެ އެމްޑީ އަބްދުލް މަތީން މީގެ ދެ ދުވަސް ކުރިން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އެމްޑަބްލިއުއެސްސީގެ އެމްޑީއަކަށް ފަހުމީ އައްޔަންކުރި އިރު، އޭނަ ސްޓެލްކޯގެ މަގާމުން ވަކިކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 7 ގަ އެވެ. އެ ކުންފުނީގެ އެމްޑީގެ މަގާމަށް ފަހުމީ އައްޔަންކުރީ ނޮވެމްބަރު 28، 2023 ގަ އެވެ.
+1
+1
+1
+1
+1
+1








