އެސްޓީއޯ އަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 85ރ. ރުފިޔާ ބެހުމަށް އާންމު ޖަލްސާއަށް ހުށަހެޅުމަށް ކުންފުނީގެ ބޯޑުން ފާސްކޮށްފި އެވެ.
އެ ކުންފުންޏަށް މިދިޔަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި ލިބުނީ 16.68 ބިލިއަން ރުފިޔާ އެވެ.
ހިންގުމުގެ ހަރަދު ނިސްބަތުން ދަށްވި ނަމަވެސް، ޖުމްލަ އާމްދަނީ ދަށްވުމާއިއެކު ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ އެސްޓީއޯ ގްރޫޕަށް ވަނީ 1.18 ބިލިއަން ރުފިޔާ ލިބިފަ އެވެ. އަދި ފައިނޭންސް ކުރުމުގެ ހަރަދު 16 ޕަސެންޓުން ދަށްވުމާ އެކު ސާފު ފައިދާގެ ގޮތުގައި އެސްޓީއޯ ގްރޫޕަށް ވަނީ 962 މިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ މީގެ 2024 އާ އަޅާބަލާއިރު ހަތަރު ޕަސެންޓުގެ ކުރިއެރުމެކެވެ.
ޓެކުހަށް ކެނޑުމަށް ފަހު، ސާފު ފައިދާގެ ގޮތުގައި އެސްޓީއޯ ގްރޫޕަށް 785 މިލިއަން ރުފިޔާ ލިބިފައިވާ އިރު، މިއީ ވެ. މިއީ 2024 އާ އަޅާބަލާ އިރު ދެ ޕަސެންޓްގެ ކުރިއެރުމެކެވެ.
އެސްޓީއޯގެ މިދިޔަ ހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވަން ހަމަޖެހިފައިވަނީ މި މަހުގެ 16 ވަނަ ދުވަހުގެ ރޭގަ އެވެ. އެ ބައްދަލުވުން އޮންނާނީޑުސިޓް ޑީ-2 ފޭދޫ މޯލްޑިވްސްގަ އެވެ.
އެ ޖަލްސާގައި ބައިވެރިވެވޭނީ މިދިޔަ މަހުގެ 27 ގެ ނިޔަލަށް އެސްޓީއޯގެ ހިއްސާދާރުންގެ ދަފުތަރުގައި ހިމެނޭ މެންބަރުންނަށެވެ.








