ކުރިމަތިފަރާތުގައި ފޮރުވައިގެން ކޮކެއިން ގެނައި ދިވެހި އަންހެނަކު ހައްޔަރުކޮށްފިއެވެ.
ކުރިމަތިފަރާތުގައި ފޮރުވައިގެން ކޮކެއިން ރާއްޖެއަށް އެތެރެކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ، މއ. މޯނިންވިޔު އާމިނަތު ޝަފަގު، 32އ އެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ބުރާސްފަތި ދުވަހު، 30 ދުވަހުގެ މުއްދަތެއް ޖަހައިފައެވެ.
މި އަންހެން މީހާގެ ބަންދު އަމުރުގައި ބުނެފައިވާ ގޮތުގައި އޭނާގެ ކުރިމަތިފަރާތުގައި އެއްޗެއް ފޮރުވައިގެން އުޅޭ ކަމަށް އެކްސްރޭއިން ދައްކާތީ، އެއީ ކޯޗެއްތޯ ސުވާލުކުރުމުން އެއީ ކޮކެއިން ކަމަށް އޭނާ ވަނީ އެއްބަސްވެފައެވެ. އަދި، އޭގެ އިތުރުން އޭނާގެ ހަށިގަނޑާއި ޖިންސާ ދޭތެރޭގައި ވެސް ފޮރުވާފައި މަސްތުވާތަކެތި ހުއްޓައިވަނީ ފެނިފައެވެ.
+1
+1
+1
+1
1
+1
+1








