ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕްގެ ވަޓްސްއެޕް ގުރޫޕުން އެ ޕާޓީގެ ސީނިއާ މެންބަރެއް ކަމަށްވާ ދިއްގަރު ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ބޭރުކޮށްލައިފި އެވެ.
ދިއްގަރު ދާއިރާގެ މެންބަރުކަން ކުރައްވާ ނާޒިމު ގްރޫޕުން ބޭރުކޮށްފައި ވަނީ މިއަދެވެ.އެ އެގުރޫޕްގެ އެޑްމިންގެ ގޮތުގައި އިންނަވަނީ ރައީސް އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
ނާޒިމާ މެދު މިފަދަ ފިޔަވަޅެއް އެޅި އިރު، މަޖިލީހުގެ ދެ ކޮމިޓީއަކުން ވެސް މިދިޔަ މަހުގެ ތެރޭގައި އޭނަ ވަކިކޮށްފައިވެ އެވެ. އެގޮތުން މާލިއްޔަތު ކޮމިޓީ އާއި ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީން އޭނަ ވަކިކޮށްފައެވެ. އަދި ނާޒިމުގެ ބަދަލުގައި 241 ކޮމިޓީއަށް އައްޔަންކޮށްފައި ވަނީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ޙަމަދު އަބްދުﷲ އެވެ. އަދިމާލިއްޔަތު ކޮމިޓީ އަށް ނާޒިމުގެ ބވަދަލުފައި އައްޔަންކޮށްފައިވަނީ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރެވެ.
ނާޒިމަކީ ސިޔާސީ ދާއިރާގައި މަސައްކަތްކުރައްވާ ވަރަށް ތަޖުރިބާ ހުންނެވި ބޭފުޅެކެވެ.








