ރާއްޖެއިން މިއަހަރު ހައްޖަށްދާ މީހުންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްހައްޖުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ދިވެހި ހައްޖުވެރިންނާ ބައްދަލު ކުރައްވައިފި އެވެ.
މި ބައްދަލު ކުރެއްވުން އޮތީ ދިވެހި ހައްޖުވެރިން ތިބޭ ބަލަދް އައްޠައްޔިބު އަޖިޔާދު ހޯޓެލްގަ އެވެ.
އަމީރުލްހައްޖު ވަނީ ދިވެހި ހައްޖުވެރިންނާ ބައްދަލު ކުރައްވާ ހާލު އޮޅުންފިލުއްވާފަ އެވެ.
ހައްޖުވެރިން ހައްޖުގެ މަޝާއިރަށް ނުކުންނާނީ، އާދިއްތަ ދުވަހުގެ ރޭ އެވެ.
ރާއްޖެއިން މި އަހަރު ހައްޖަށްދިޔަ ހުރިހާ ހައްޖުވެރިން ވަނީ އުމްރާގެ އަޅުކަން ފުރިހަމަކޮށްފަ އެވެ. ރާއްޖެއިން މި އަހަރު ހައްޖަށްދާ ހުރިހާ ހައްޖުވެރިން ފުރާފައިވަނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގަ އެވެ.
+1
+1
+1
+1
+1
+1








