ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާ އެކު މިހާރު ކުރިއަށްދާ ގުޅުންތައް އިތުރަށް ބަދަހިކުރެއްވުމަށް ފޮރިންގ މިނިސްޓަރ ވަޒީރު މޫސާ ޒަމީރު ރަސްމީ ދަތުރުފުޅެއްގައި ބެލްޖިއަމަށް ވަޑައިގެންފިއެވެ.
ފޮރިންގ މިނިސްޓްރީން ބުނީ ވަޒީރުގެ މި ދަތުރުފުޅުގައި އީޔޫގެ އިސް ވެރިންނާއި ޔޫރަޕިއަން ޕާލަމެންޓްގެ މެމްބަރުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އަދި މި ބައްދަލުވުންތަކުގައި ރާއްޖެއާއި އީޔޫގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާނެއެވެ.
ރާއްޖެއާއި އީޔޫއަކީ އެއްގޮތް ގޮންޖެހުންތަކުން އަރައިގަތުމުގައި ވަރަށް ވަރުގަދަ ގުޅުމެއް އޮންނަ ގައުމެކެވެ. މި ގުޅުމާއި އެއްބާރުލުމަކީ ޖިއޮޕޮލިޓިކަލް އަދި އިގްތިސާދީ ގޮތުން ވަރަށް މުހިންމު ގުޅުމެއް ކަަމަށްވެސް ފޮރިންގ މިނިސްޓްރީން ބުނެ އެވެ.
އަދި ޒަމީރުގެ މި ދަތުރުފުޅަކީ ރާއްޖެއާއި އީޔޫއާ އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ގުޅުން އިތުރަށް ބަދަހި ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަަމަށްވެސް އެ މިނިސްޓްރީން ބުނެ އެވެ.
ޒަމީރުގެ މި ދަތުރުފުޅުގައި އީޔޫގެ ތިން ވަނަ އިންޑޯ ޕެސިފިކް މިނިސްޓީރިއަލް ފޯރަމްގައި ވެސް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.