އަފްޣާނިސްތާނުގެ ހާލަތާ ގުޅިގެން ސަރުކާރުން ކޮށްދެވެން ހުރި މަސައްކަތް ކޮށްދިނުމަށް އެދިއްޖެ
އަފްޣާނިސްތާނުގެ ހާލަތާ ގުޅިގެން ކަންބޮޑުވުންފާޅުކޮށް އިންސާނީ ހައްގުތައް ކަށަވަރުކުރުމަށް ދިވެހި ސަރުކާރުން ކޮށްދެވެންހުރި މަސައްކަތްކޮށްދެއްވުމަށް އެޗްއާރުސީއެމުން އެދިއްޖެއެވެ. ހިއުމަންރައިޓްސް ކޮމިޝަނުން ބުނީ އަފްޣާނިސްތާނާއި ދިވެހިރާއްޖެއަކީވެސް އޭޝިއާޕެސިފިކް ފޯރަމް (އޭޕީއެފް) މެމްބަރުންނަށް ވާއިރު އަފްޣާނިސްތާނަށް މިވަގުތު ދިމާވެފައިވާ ހައްސާސީ ހާލަތުގައި ތޯލިބާނުން އަމަލުކޮށްފާނެ ގޮތަކާމެދު އޭޕީއެފްއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި ކަމަށެވެ. އެހެންކަމުން އަފްޣާނިސްތާނުގެ އިންސާނީ ހައްގުތަކާއި ބެހޭ މުއައްސަސާތަކުގެ މުވައްޒަފުންނާއި އެފަރާތްތަކުގެ އާއިލާތަކާއި އެގައުމުގެ ކުޑަކުދިންނާއި އަންހެނުންނާއި އާއްމު ރައްޔިތުންގެ އިތުރަށް އެގައުމުގައި ދިރިއުޅެމުންދާ އެންމެހާއި ދިވެހި…