ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ސްޓެލްކޯ ފްލެޓަކުން ވެއްޓި ދިވެހި ޒުވާނަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ، ފްލެޓުން ވެއްޓި މަރުވެފައި ވަނީ އިބްރާހިމް ޝަރަފް، ހ. ގިނިރާހިގެ ،31، ކަމަށެވެ. އެމީހާ ވެއްޓިފައިވަނީ އެ ފްލެޓުގެ 12 ވަނަ ފަންގިފިލާއިން ކަމަށް ފުލުހުން ބުނެ އެވެ.
އޭނާ ވެއްޓިފައި ވަނީ ސްޓެލްކޯ މުވައްޒަފުންނަށް ޚާއްޞަކޮށް އަޅާފައިވާ މި ޓަވަރުތަކުންކުރެ، ސީ ޓަވަރުގެ ބާރަ ވަނަ ފަންގިފިލާއިން ކަމަށް ފުލުހުން ބުންޏެވެ.
އޭނާ ފެނުނު އިރު ވެސް ނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނިގޮތުގައި މި ހާދިސާއާ ގުޅިގެން ފުލުހުންގެ ޚިދުމަތުން ވަނީ ތަޙްޤީޤެއް ފަށާފައެވެ.
+1
	        	+1
	        	+1
	        	+1
	                                4        
	+1
	        	+1
	                                1        
	







