މ.ޝައިނިންގސްޓަރ، އަހުމަދު ރިޟްވާން އަބްދުﷲ ގެއްލުވާލި މައްސަލާގެ ތަހުގީގަށް ބޭރުގެ ފަރާތްތަކުގެ އެހީ ހޯދަމުންދާ ކަމަށް މަރު ކޮމިޝަނުން ހާމަކޮށްފިއެވެ.
މަރާލާފައިވާ މީހުންނާއި ގެއްލުލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެމައްސަލައިގެ އިންސާފު ހޯދައިދިނުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮމިޝަނުން ދަނީ ކުރަމުން ކަމަށާއި މި މަސައްކަތް ހަރުދަނާ ކުރުމަށް މޯލްޑިވްސް ޕޮލިސް ސާރވިސަސް އާއި ރާއްޖެއިން ބޭރުގެ މިފަދަ މައްސަލަތައް ތަހުގީގު ކުރުމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ތަޖުރިބާ ކާރުންގެ އެހީތެރިކަން އެ ކޮމިޝަނުން ހޯދަމުންދާ ކަމަށެވެ.
ރިޟްވާން ގެއްލުވާލާފައިވާ މައްސަލައާއި ގުޅިގެން ކޮމިޝަނުން ކުރަމުންދާ ތަހުގީގުގެ މައިގަނޑު އަމާޒަކީ ރިޟްވާން ގެއްލުވާލުގެ ޖަރީމާގައި އެކި ގޮތްގަޮތުން ބައިވެރިވާ ފަރާތްތަކުން ޝަރީއަތުގެ ކުރިމައްޗަށް ގެނެސް އެމީހަކު އެކުށުގައި ބައިވެރިވެފައިވާ ބައިވެރިވެފައިވާ މިންވަރާ ގުޅިގެން ޒިންމާ ކުރުވައި މައްސަލައަށް އިންސާފު ހޯދައިދިނުން ކަމަށް އެކޮމިޝަނުގެ ބަޔާނުގައިވެއެވެ.
މިމައްސަލައިގެ މައުލޫމާތު އެނގިތިބެ ފަރާތްތައް ހެކިބަސް ދިނުމަށް އެކި ސަބަބުތަކާއި ހުރެ ޖެހިލުންވާތީ އެކަމަށް ހައްލު ހޯދުމުގެ ގޮތުން ދައުލަތުގެ ކަމާގުޅުން ހުރި މުއައްސަސާތަކާއި މަޝްވަރާކޮށްގެން ގާނޫނީ އިމުގެ ތެރެއިން ހެކިންނަށް ރައްކާތެރި މާހައުލެއް ހަމަޖެއްސޭނެ ނިޒާމެއް ގާއިމު ކުރުމުގެ މަސައްކަތް ކޮމިޝަނުން ދަނީ ގާއިމު ކުރަމުން ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.