ނިޝާން ޢިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބް އަރުވައިފައިވާ އަދި ދިވެހިރާއްޖޭގެ ގައުމީ ހަޔާތުގައި ރާއްޖޭގެ ތަރައްގީއާއި ކުރިއެރުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރައްވައިފައިވާ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ، މާފަންނު މެރީގޯލްޑް ޢުމަރު ޒާހިރު، މިއަދު މެންދުރުފަހުގެ ވަގުތެއްގައި މާލޭގައި، ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވައިފިއެވެ.
އެމަނިކުފާނު އަވަހާރަވުމުގެ ހިތާމައިގައި، މާދަމާއިން ފެށިގެން 3 ދުވަސް ވަންދެން (21 ޑިސެންބަރު 2021 ވާ އަންގާރަ ދުވަހުން ފެށިގެން 23 ޑިސެންބަރު 2021 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް) ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.
އެމަނިކުފާނު އަވަހާރަވީ ކޯވިޑް-19ގެ އާލާސްކަންފުޅަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މީގެ ކުޑަވަގުތުކޮޅެއް ކުރިންނެވެ. އުމަރު ޒާހިރު އަކީ ރާއްޖޭގެ އެންމެ ފުރަތަމަ ސްޕޯޓްސް މިނިސްޓަރުގެ އިތުރުންވެސް މުހިންމު ގިނަ މަގާމުތަކެއްފަގައި ހުންނަވައި ދިވެހި ދައުލަތަށް މުހިންމު ހިދުމަތްތަކެއް 50 އަހަރު ކުރައްވާފައިވާ ބޭފުޅެކެވެ.
+1
+1
+1
+1
+1
+1