ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުالله ޖާބިރު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކުރައްވާކަން މިރޭ ހާމަކުރައްވައިފިއެވެ.
ޕީއެންސީގެ މައި ޖަގަހަ ކައިރި ހުންނަވާ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ޖާބިރު ވިދާޅުވީ މުޅި ރާއްޖެއަށް ރައީސް ގެނެސްދެއްވާ ތަރައްގީ ވަރަށް ގާތުން ބަލަމުންދާ ކަމަށާއި މި ސްޕީޑުގައި މަޝްރޫއުތައް ކުރިއަށްގެންދެވިއްޖެނަމަ ރައްޔިތުން ބޭނުންވާ ހުރިހާ ލަނޑުދަނޑިތަކެއް ރައީސް ހާސިލް ކޮށްދެއްވާނެ ކަމަށެވެ.
"ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު އެމަނިކުފާނުގެ މުރާލިކަމާއި ހީވާގިކަމާއެކު ހުއްޓުމެއްނެތި އެއްވާނެއްގައި މުޅި ރާއްޖެ ތަރައްގީކުރާ މަސައްކަތް އަޅުގަނޑު ގާތުން ބަލަމުން މި ދަނީ،" އޭނާ ވިދާޅުވިއެވެ. ޖާބިރު ވިދާޅުވީ ހުކުރު ދުވަހުގެރޭ އޮންނަ ޕީއެންސީގެ ޖަލްސާއަށް ވަޑައިގަންނަވާނެ ކަމަށެވެ.
ޖާބިރު ވިދާޅުވީ ރާއްޖެ ބަނގުރޫޓުވާން ކައިރިވެފައި އޮއްވައި ނަގައި ކޮޅަށް ޖެހުމަށް ރައީސް އެ ކުރައްވާ މަސައްކަތަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.








