މިއަހަރު ދިވެހިރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަމަށް ފުރާ ޙައްޖުވެރިންގެ ތިންވަނަ ގުރޫޕު ފުރައިފިއެވެ.
މި ފްލައިޓުގައި 250 ޙައްޖުވެރިން ވަނީ ސަޢުދީ ޢަރަބިއްޔާއަށް ފުރާފަ އެވެ. ފުރަތަމަ ފްލައިޓުގައި 238 މީހުން ފުރާފައިވާއިރު، ދެވަނަ ފްލައިޓުގައި 260 ޙައްޖުވެރިން ފުރާފައިވެ އެވެ.
މި ފަހަރު، ހައްޖުވެރިން އުފުލަނީ ސައުދީ އެއާލައިންގެ އިތުރުން މޯލްޑިވިއަންގެ މަތިންދާ ބޯޓުގައެވެ.
ހައްޖުވެރިންގެ ފަހު ގްރޫޕް ފުރުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. މާދަމާ ފުރުމަށް ހަމަޖެހިފައިވަނީ 252 ހައްޖުވެރިންނެވެ.
ރާއްޖެއިން ހައްޖަށް ދިއުމަށް ކޮންމެ އަހަރަކު ވެސް ލިބެނީ 1،000 ޖާގައެވެ.
+1
+1
+1
+1
+1
+1








